Sheikh Abdullah Rasheed

Sheikh Abdullah Rasheed

Share

Graduate of Medinah Islamic University

01/06/2026

ބިންމަތި ފަސާދަކުރާ މީހަކަށް ނުވާށެވެ!

26/05/2026

تَقَبَّلَ اللهُ مِنَّا وَمِنْكُمْ صَالِحَ الْأَعْمَالِ
ބޮޑުޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ އަޚުންނާއި އުޚްތުންނަށް އަރިސްކުރަން

19/05/2026
10/05/2026

06/05/2026
01/05/2026

ސުވާލު-2: އުޟްޙިޔާ ކަތިލުމުގެ މަޤުޞަދަކީ ކޮބާ؟ އަދި ޙުކުމަކީ ކޮބާ؟
އުޟްޙިޔާ ކަތިލުމުގެ މަޤްޞަދާއި ޙިކުމަތްތަކުގެ ތެރޭގައި އަންނަނިވި ކަންކަން ވެއެވެ.
1. މާތްالله އަށް ކިޔަމަންތެރިކަން އަދާކުރުމުގެ އަޚުލާޤު އަޅުތަކުންގެ ކިބާގައި އަށަގެންނެވުން.
2. މާތްالله ދެއްވާފައިވާ ނިޢުމަތްކަކުގެ މަތިން ހަދާންކޮށް ޝުކުރުވެރި ވުން.
3. އިބްރާހީމް عليه السلام އާއި ދަރިކަލުން އިސްމާޢީލް عليه السلام ވެ ވަޑައިގެންނެވި ޤުރުބާނީއާއި ކެތްތެރިކަމާއި މާތްالله އަށް އޮތް ކިޔަމަންތެރިކަން މަތިން ހަދާންކޮށް އެކަލޭގެފާނު އަޅުކަމުގެ ގޮތުން ކަތިލެއްވި ކަންބަޅި ކަތިލެއްވުމުގެ މަތިވެރި ސުންނަތް ދިރުވުން.
4. މުސްލިމުންގެ އުފާވެރި މާތްވެގެންވާ މި ދުވަސްތަކުގައި މުސްލިމުންގެ ތެރެއިން މިސްކީނުންނާއި ފަޤީރުން ކައިބޮއި ހަދާނެ އެއްޗެއް ޞަދަޤާތުގެ ގޮތުގައި އެފަރާތްތަކަށް ލިބި ދިނުން.

އުޟްޙިޔާ ކަތިލުމަކީ މަޝްރޫޢުވެގެންވާ ކަމެއް ކަމާއި މެދުގައި މުސްލިމް ދަންނަބޭކަލުން އިޖްމާޢުވެލައްވާފައިވެއެވެ.
އުޟްޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެއްތޯ ނުވަތަ ދޫކޮށްލުން ހެޔޮނުވާވަރުގެ ވާޖިބު ކަމެއްތޯ، މިކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހުއްޓެވެ.
ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އުޟްޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ. މިއީ ޝާފިޢީ، މާލިކީ އަދި ޙަންބަލީ މަޛްހަބުގެ މަޝްހޫރު ރައުޔެވެ.
ނަމަވެސް އިމާމް އަޙްމަދުގެ ފަރާތްޕުޅުން އައިސްފައިވާ އަނެއް ރިވާޔަތެއްގައި އަދި އަބޫޙަނީފާ- ރަޙިމަހުމުﷲ- ގެ މަޛްހަބުގައި އުޟްޙިޔާ ކަތިލުމަކީ ވާޖިބު ކަމެކެވެ. والله أعلم.

----------
އުޟްޙިޔާ ފޮތުގެ އިތުރު ބައިތައް ކިޔުއްވުމަށް!
ތިރީގައިވާ ލިންކުން ފޮތުގެ ޕީޑީއެފް ކޮޕީ ޑައުންލޯޑް ކުރައްވާ!
https://drive.google.com/file/d/1_3dAp93sR8nV9UevyZyoo2ZioAXMkPrJ/view?usp=sharing

29/04/2026

ސުވާލު-1: އުޟްޙިޔާ އަކީ ކޮބާ؟

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:
އުޟްޙިޔާ އަކީ ﷲ އަށް ކުއްތަންވުމުގެ ގޮތުން އަޟްޙާޢީދުގެ ދުވަސްތަކުގެ ތެރޭގައި (އެބަހީ: ޛުލްޙިއްޖާ މަހުގެ 10, 11, 12, އަދި 13 މި ދުވަސްތަކުގެ ތެރޭގައި) ނަޢަމް ޞޫފީ ކަމުގައިވާ ބަކަރި ނުވަތަ ގެރި ނުވަތަ ޖަމަލުގެ ބާވަތްތަކުގެ ތެރެއިން ޖަނަވާރެއް ކަތިލުމެވެ. މިއީ އިސްލާމީ ޝިޢާރުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކީރިތި ޤުރްއާނުންނާއި ސުންނަތުން އަދި ދަންނަބޭކަލުންގެ އިޖްމާޢުން މިކަން ޘާބިތުވެއެވެ.
ޤުރްއާނުގެ ދަލީލުތައް:
1. ސޫރަތުލް ކައުޘަރުގެ 2 ވަނަ އާޔަތް: މާތްالله ވަޙީކުރައްވާފައިވެއެވެ. ‎﴿ فَصَلِّ لِرَ‌بِّكَ وَانْحَرْ ﴾ މާނައަކީ: "ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ! އަދި ޤުރުބާން ކުރައްވާށެވެ!"
2. ސޫރަތުލް އަންޢާމްގެ 162 ވަނަ އާޔަތް: ﴿ قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّـهِ رَ‌بِّ الْعَالَمِينَ ﴾
މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ (އެހެނިހެން) އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، عالم ތަކުގެ ވެރި اللَّه އަށެވެ." މިއާޔަތުގައި މިވާ "ނުސުކު" ގެ މުރާދަކީ ކަތިލުމެވެ.
3. ސޫރަތުލް ޙައްޖުގެ 34 ވަނަ އާޔަތް: ﴿ وَلِكُلِّ أُمَّةٍ جَعَلْنَا مَنسَكًا لِّيَذْكُرُ‌وا اسْمَ اللَّـهِ عَلَىٰ مَا رَ‌زَقَهُم مِّن بَهِيمَةِ الْأَنْعَامِ ۗ فَإِلَـٰهُكُمْ إِلَـٰهٌ وَاحِدٌ فَلَهُ أَسْلِمُوا ۗ وَبَشِّرِ‌ الْمُخْبِتِينَ ﴾
މާނައަކީ: " نعم ސޫފީގެތެރެއިން އެކަލާނގެ އެއުރެންނަށް ދެއްވި ތަކެތީގެ މައްޗަށް (އެބަހީ: އެތަކެތި ކަތިލެވޭހިނދު) اللَّه ގެ اسم ފުޅު ނަންގަތުމަށްޓަކައި، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްވެސް قربان ކުރުމެއް ލެއްވީމެވެ. ފަހެ، ތިޔަބައިމީހުންގެ ކަލާނގެއީ، އެއްކައުވަންތަކަލާނގެއެވެ. ފަހެ، އެކަލާނގެއަށް ތިޔަބައިމީހުން ކިޔަމަންވެ، إسلام ވާށެވެ! އަދި ކިޔަމަންތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ!".

ސުންނަތުގެ ދަލީލުތައް:
1. މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. ((أقام النبي صلى الله عليه وسلّم بالمدينة عشر سنين يضحي (( رواه أحمد والترمذي، وحسنه الألباني في مشكاة المصابيح
މާނައަކީ: "ރަސޫލުﷲ صلى الله عليه وسلّم މަދީނާގައި ހުންނެވި ދިހައަހަރުވެސް ކޮންމެ އަހަރަކު އުޟްޙިޔާ ކަތިލައްވައެވެ".
2. ކީރިތި ރަސޫލާ صلى الله عليه وسلّم ޙަދީޘް ކުރެއްވިއެވެ. ((من ذبح بعد الصلاة فقد تم نسكه وأصاب سنة المسلمين ((رواه البخاري
މާނައަކީ: ކީރިތި ރަސޫލާ صلى الله عليه وسلّم ޙަދީޘް ކުރެއްވިއެވެ. "ނަމާދު ފަހުން ކަތިލައިފިމީހާ އެމީހެއްގެ ނުސުކް ނުވަތަ ކަތިލުން ފުރިހަމަކޮށްފިއެވެ. އަދި މުސްލިމުންގެ ސުންނަތާ އެއްގޮތަށް ކަންތައްކޮށްފިއެވެ."
އުޟްޙިޔާ ކަތިލުމަކީ މަޝްރޫޢުވެގެންވާ ކަމެއް ކަމާއި މެދުގައި މުސްލިމް ދަންނަބޭކަލުން އިޖްމާޢުވެލައްވާފައިވެއެވެ.

----------
އުޟްޙިޔާ ފޮތުގެ އިތުރު ބައިތައް ކިޔުއްވުމަށް!
ތިރީގައިވާ ލިންކުން ފޮތުގެ ޕީޑީއެފް ކޮޕީ ޑައުންލޯޑް ކުރައްވާ!
https://drive.google.com/file/d/1_3dAp93sR8nV9UevyZyoo2ZioAXMkPrJ/view?usp=sharing

27/04/2026

އުޟްޙިޔާ ފޮތް
އުޟްޙިޔާ ކަތިލުމާއި ގުޅޭ ޙުކުމަތަކާއި ގުޅޭ ފޮތް!
މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް އުޟުޙިޔާއާ ގުޅުންހުރި އެންމެހާ ކަންކަމުގެ ޙުކުމްތައް ހިމެނޭހެން އެކުލަވާލެވިފައިފޮތެއް!
ފޮތުގެ ޕީޑީއެފް ކޮޕީ ޑައުންލޯޑް ކުރެއްވުމަށް ތިރީގައިވާ ލިންކަން ވަޑައިގަންނަވާ:
https://drive.google.com/file/d/1_3dAp93sR8nV9UevyZyoo2ZioAXMkPrJ/view?usp=sharing

Want your public figure to be the top-listed Public Figure in Male?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Male