Help Ali Ashraf - Cancer Patient

Help Ali Ashraf - Cancer Patient

Share

Support Ali’s fight. - Every prayer, every donation brings hope. 🤲❤️‍🩹

19/06/2026

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎،
މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! އަދި މައްޔިތާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ! ކަށްވަޅުގައި މައްޔިތާ ބޭއްވުމަށްފަހު ވަގުތުކޮޅެއް ވަންދެން އެމައްޔިތާއަށް ސާބިތުކަން ދެއްވުމަށް އެދި ދުޢާކުރުމަށް މާތް ނަބިއްޔާ ﷺ ވަނީ އުންމަތަށް އިރުޝާދު ދެއްވާފައެވެ. މާތް ﷲ ގެ އަޅުތަކުންނޭވެ! މާތް ﷲ އަށް ބިރުވެތިވެ ތަޤުވާވެރިވާށެވެ. ކޮންމެ މަރަކީ ދިރިތިބީންނަށް އިބުރަތެކެވެ. އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ﷲ ގެ ޙަޟްރަތަށް ރުޖޫޢަވާން ޖެހޭނެކަން އެންމެ ހިނދުކޮޅަކަށް ވެސް ހަނދާން ނައްތާ ނުލާށެވެ.

18/06/2026

‎إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎
‎މާތް ﷲ އަޝްރަފުގެ ފާފަ ފުއްސަވައި ރަޙްމަތްލައްވައި ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށި! އަދި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި! ކަށްވަޅުގައި މައްޔިތާއަށް ސާބިތުކަން ދެއްވާށި
‎ 😔🤲 آمیـــــــــــــن یارب العالمين

Photos from Help Ali Ashraf - Cancer Patient's post 13/06/2026

Alhamdulillahi. ❤️‍🩹🤲

13/06/2026

އަލީ އަޝްރަފްގެ ބޭސް ފަރުވާއަށް އެހީވުމުގެ ގޮތުން ބާއްވާ ފަންޑް ރައިސިންގެ އިވެންޓެއް މިއަދު ފުވައްމުލަކު މާނޭރެ އަތިރީގައި 4:00 ގައި އޮންނާނެއެވެ. މި އިވެންޓުގެ ތެރެއިން ތަފާތު އެކި ބާވަތްތަކުގެ ހެދިކާ ލިބެންހުންނާނެއެވެ. އެންމެހާ ބޭފުޅުން މި އިވެންޓުގައި ބައިވެރިވެ ދެއްވުން އެދެމެވެ.

ތަފްސީލް:
ޏ. ފުވައްމުލައް، މާލެގަން. މަދަރުސާގެ / ޢަލީ އަޝްރަފް އަކީ Acute Myeloid Leukemia އަށް، އިންޑިއާގެ ކިމްސް ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާ ފަރާތެކެވެ. އަޝްރަފް ވަނީ މިދިޔައަހަރުގެ އޮކްޓޫބަރު 30 ވަނަ ދުވަހު ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައި، އަހަރެެއްހާ ދުވަސް ފަހުން ރާއްޖެ އާދެވޭނެކަމުގެ އުންމީދާއެކު އެ ހޮސްޕިޓަލުގައި ދުވަސްތައް ހޭދަކޮށްފައެވެ.

ނަމަވެސް އަލީ އަޝްރްފް ރާއްޖެ އައުމަށް ތައްޔާރުވަމުން ދަނިކޮށް، ހުން އައިސްގެން ޑޮކްޓަރަށް ދެއްކުމުން ހެއްދި ޓެސްޓްތަކުގެ ނަތީޖާ ދައްކާގޮތުން އަޝްރަފްގެ ހަށިގަނޑުން އަނެއްކާވެސް ކެންސަރުގެ އަސަރުވަނީ ފެނިފައެވެ. އަދި އަޝްރަފް އާޖެންޓްކޮށް ދެވަނަ ބޯންމެރޯ ޓްރާންސްޕްލާންޓަކަށް ދާންޖެހޭނެކަމާއި، އެކަމަށް ތައްޔާރުވުމަށް ޑޮކްޓަރުންވަނީ އިރުޝާދު ދެެއްވާފައެވެ. މިހެން މިކަން ދިމާވުމާއެކު އިތުރު 1 އަހަރު އިންޑިއާގައި މަޑުކުރުމަށް ޑޮކްޓަރުންވަނީ އިރުޝާދު ދެއްވާފައެވެ.

ވަޒީފާ ދޫކޮށް އިންޑިއާގައި އަޝްރަފްއާއި އަޝްރަފްގެ ބޭބެ ގިނަ ދުވަސްތަކެއްވެ އަނެއްކާވެސް ދިގު މުއްދަތަކަށް މަޑުކުރަންޖެހުމުން، އަދި އިތުރު ޑޯނާރ އެއް އިންޑިއާއަށް ގެންނަން ޖެހިފައިވާ މި ދަނޑިވަޅުގައި، ތިޔަ ފަރާތްތަކުގެ ދީލަތި އެހީތެރިކަން ބޭނުންވެއެވެ.

13/06/2026

FUNDRAISING EVENT TODAY - MAANEYRE ATHIRI. PLS COME & JOIN. PLS SHARE THIS POST

Photos from Help Ali Ashraf - Cancer Patient's post 06/06/2026
Photos from Help Ali Ashraf - Cancer Patient's post 06/06/2026

ގިނަ ދުވަސްތަކަކަށްފަހު އަލީ އަޝްރްފް ރާއްޖެ އައުމަށް ތައްޔާރުވަމުން ދަނިކޮށް، ހުން އައިސްގެން ޑޮކްޓަރަށް ދެއްކުމުން ހެއްދި ޓެސްޓްތަކުގެ ނަތީޖާ ދައްކާގޮތުން އަޝްރަފްގެ ހަށިގަނޑުން ކެންސަރުގެ އަސަރު ވަނީ ފެނިފައެވެ. އަދި އަޝްރަފް ދެވަނަ ބޯންމެރޯ ޓްރާންސްޕްލާންޓަކަށް ދާންޖެހޭނެކަމާއި، އެކަމަށް ތައްޔާރުވުމަށް ޑޮކްޓަރުންވަނީ އިރުޝާދު ދެެއްވާފައެވެ. އަދި މިހާރު އަޝްރަފް އަށް ދެ ކީމޯތެރަޕީ ދެވި އިންތިޒާރު މިކުރަނީ ބޯންމެރޯ ހެދުމަށް ހަށިގަނޑުން ކެންސަރުގެ ސެލްތައް ނެތި ރެމިޝަންއަށް ދާނެ ވަގުތަކަށެވެ.

އަޝްރަފްގެ ޙާލަތު އަދި ސްޓޭބަލްއެއް ނޫނެވެ. އެގޮތުން ޕްލެޓްލެޓް ކައުންޓް ދަށްވުމުގެ ސަބަބުން ގިނަ އަދަދަކަށް ޕްލެޓްލެޓް އަދި ލޭ ވަނީ އަޅާފައެވެ. އަދި ޓްރިވެންޑްރަމް އިން ލޭ ނުވަތަ ޕްލެޓްލެޓް ހޯދުމަށް ދަތިތަކާ ކުރިމަތިވެއެވެ. މިފަރުވާއަކީ ރިސްކް ބޮޑު ފަރުވާއަކަށްވާތީ ކުރިއަށް އޮތް 1 އަހަރު އިންޑިއާގައި، ހޮސްޕިޓަލާކައިރީގައި މަޑުކުރަންޖެހޭނެކަމަށް ޑޮކްޓަރުންވަނީ އިރުޝާދު ދެއްވާފައެވެ.

އަޝްރަފަށް މިވަގުތު އެންމެ ބޭނުންވަނީ ހެޔޮދުޢާއެވެ. ޔާالله. އަޝްރަފަށް އަވަސް ޝިފާއެެއް މިންވަރުކުރައްވައި ކެތްތެރިކަމާއެކު މިކަމުން އަރައިގަތުމުގެ ހިތްވަރު ދެއްވާނދޭވެ. أمين 🤲

14/03/2026

އިންޑިއާގެ ކިމްސް ހޮސްޕިޓަލުން މިވަގުތު ލޭގެ ކެންސަރަށް ފަރުވާހޯދަމުންދާ ޢަލީ އަޝްރަފް ބޯންމެރޯ ހެދުމަށްފަހުވެސް ގިނަ ދުވަސްތަކެއް އިންޑިއާގައި ހޭދަކުރަން ޖެހިފައިވާތީ މާލީ ގޮތުން ދަތިވެ އެހީތެރިކަން ބޭނުންވެއެވެ. ކުރިއަށް އޮތް 3 މަސް މި ފަރުވާއަށް އިންޑިއާގައި ހޭދަކުރަންޖެހޭނެކަމަށް ޑޮކްޓަރުންވަނީ ބުނެފައެވެ.

މިހާތަނަށްވެސް ބޮޑު ޚަރަދެއް މި ފަރުވާގައި ހޭދަވެފައިވާއިރު، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތައް ހުއްޓިފައިވާއިރު، އެކި ގޮތްގޮތުން ލިބުނު އެހީތެރިކަމުން މިއަދާހަމައަށް އާދެވުނީތީ ޙަމްދުކޮށް ޝުކުރުވެރިވަމެވެ. ނަމަވެސް އަނެއްކާވެސް އަޅުގަނޑުމެން މިވަނީ ޟަރުރީ ކަންކަމަށް ޚަރަދުކުރަން ދަތިވެ މާލީގޮތުން ދީލަތި އެހީތެރިކަމަށް ބޭނުންވެފައެވެ.

ވީމާ އަޅުގަނޑު އެދެނީ ތިޔަ ފަރާތްތަކުގެ އެހީއަކަށެވެ. އަދި އެހީތެރިކަން ދެވެން ނެތްނަމަވެސް މި ޕޯސްޓް ވީހާވެސް ގިނަ ފަރާތްތަކަކަށް ފެންނާނެ ގޮތަށް ޝެއަރ ކޮށްދިނުމަށެވެ. އަދި އަވަސް ޝިފާއެއް ދެއްވައި އެނބުރި ރާއްޖެ ދިއުމުގެ ތަވްފީޤު ދެއްވުން އެދި ތިޔަ ފަރާތްތަކުގެ ދުޢާ އަށެވެ.

ބެންކް އެކައުންޓްގެ ތަފްސީލު:

އެކައުންޓް ވެރިފަރާތް: އަޙްމަދު ސަޢީދު، މާލެގަން. މަދަރުސާގެ / ޏ.ފުވައްމުލައް. (ޢަލީ އަޝްރަފްގެ އެއްބަޑު އެެއްބަފާ ބޭބެ)

ދިވެހި ރުފިޔާ އެކައުންޓް: 7715118326101
ޑޮލަރު އެކައުންޓް: 7715118326102

އެންމެ ރުފިޔާއަކީވެސް ބޮޑު އެހީތެރިކަމެކެވެ!

https://helpali.carrd.co

Website

Address

Male

Alerts

Be the first to know and let us send you an email when Help Ali Ashraf - Cancer Patient posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Male.