Cute_Bby
Naahidhu Yoosuf
11/11/2019
اقرأوا المعلومه اللي تبكي
ماذا يفعل االقرآن بعد الموت
هل تعلم ماذا يفعل لك القران عند الموت !!
عند موت الانسان وأثناء إنشغال أقربائه بمناسكِه الجنائزيةِ . يقفُ رجلٌ وسيمُ جداً بجوار رأس الميت . وعند تكفين الجثّة يَدْخلُ ذلك الرجلِ بين الكفنِ وصدرِ الميّتِ . وبعد الدفنِ يَعُودَ الناس إلى بيوتهم , ويأتي القبرِ ملكان مُنكرٌ ونكير , ويُحاولانَ أَنْ يَفْصلاَ هذا الرجلِ الوسيم عن الميتِ لكي يَكُونوا قادرين على سؤال الرجلِ الميتِ في خصوصية حول إيمانِه .
لكن يَقُولُ الرجل الوسيم :
"هو رفيقُي, هو صديقُي. أنا لَنْ أَتْركَه بدون تدخّل في أيّ حالٍ منَ الأحوالِ . إذا كنتم معينينَّ لسؤالهِ , فأعمَلوا بما تؤمرونَ . "
أما أنا فلا أَستطيعُ تَرْكه حتى أدخلهْ إلى الجنةِ ".
ويتحول الرجل الوسيم إلى رفيقه الميت ويَقُولُ له :
"أَنا القرآن الذيّ كُنْتَ تَقْرأُه بصوتٍ عالي أحياناً وبصوت خفيض أحياناً أخرى.
لا تقلق فبعد سؤال مُنكرٍ ونكير لا حزن بعد اليوم."
وعندما ينتهى السؤال ,
يُرتّبُ الرجل الوسيم والملائكة فراش من الحرير مُلأَ بالمسكِ للميت في الجنة .
فلندعو الله أن يُنعم علينا بإحسانه من هذا الخير.
آمين أمين
يقول رسول الله
(صلى الله عليه وآلهِ وصحبهِ وسلم) , فيما معناه ,
يأتي القرآن يوم القيامة شفيعاً لأصحابه لا يعادل شفاعتهُ أمام الله نبي أو ملاك .
رجاءً أنقل هذا المحتوى إلى كُل شخص تعرفه وتحبه وتتمنى له الخير كما تتمناه لنفسك .
فالنبي
(صلى الله عليه وآلهِ وصحبهِ وسلم) يقول : "بلغوا عني ولو آية "
اللهم ارزقنا حفظه والعمل به
روعه وأسال الله ان يجعله صدقه جاريه لي ولوالدي ولكل من ساهم في نشره
11/11/2019
ވެމްކޯގެ މުވައްޒަފުންނަކީ ދަށްފަންތީގެ ބައެއްގޮތުގައި ދެކުން އެއީ އެ ދެކޭ ބައެއްގެ ނާތަހުޒީބު ވިސްނުމުގެ މައްސަލައެކެވެ.
މިހާރު ވެމްކޯ މުވައްޒަފުންގެ މުސާރަ ވަރަށް ކުޑަ 8000ރ
11/11/2019
ރަނގަޅު އެކުވެރިއަކު ތިބާ ހާލުގައި ޖެހޭވަގުތަކު ދޫކޮށްލާފަ ނުދާނެ ފައަސާތަކެއް ނުދެވުނަސް ހިތްވަރުދޭނެ
އެހާލަތު ބަދަލުވަން ދެން ތިބާއަށް އަޅާވެސްލާނެ ހެޔޮދުއާ ކޮށްދޭނެ
03/11/2019
ޕީޕީއެމުން ފޭސި އިލޮށިގަނޑު އަމިއްލަ ލޮލަށް!
ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެކެވެ. ފެހި ގާނޫނުއަސާސީއާ އެކު އެއްވެ އުޅުމުގެ ހައްގަކީ ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ބޭނުންކުރަމުން ދިޔަ ހައްގެކެވެ. ފެހި ގާނޫނުއަސާސީއާ އެކު އެއްވެ އުޅުމުގެ ހައްގުގެ ބޭނުން އަމަލީގޮތުން ކުރުމަށް އެންމެ ފުރަތަމަ ފުރުސަތު ލިބުނީ މިއަދުވެސް އިދިކޮޅު ބޭފުޅުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށެވެ. އޭރު އެއީ ޑީއާރްޕީ އެވެ. މިއަދު އެއީ ޕީޕީއެމް / ޕީއެންސީ ކޯލިޝަނެވެ.
އެމްޑީޕީ އިސްވެ އޮވެ 2008 ވަނަ އަހަރު އުފެއްދި ކޯލިޝަން ސަރުކާރު ވެރިކަމަށް އައިސް ދައުރު ފުރިހަމަ ނުވަނީސް އޭރުގެ އިދިކޮޅު ބޭފުޅުން ވެރިކަން ބަދަލުކުރީ އެއްވެއުޅުމުގެ ހައްގުގެ ބޭނުން އޭރު އެކުރި ގޮތަކަށް ކޮށްގެންނެވެ. އެހެންކަމުން އެއްވެ އުޅުމުގެ ހައްގު ކަށަވަރުކޮށްދީފައި އޮތުމުގެ މުހިއްމުކަން އިދިކޮޅު ބޭފުޅުންނަށް އޮޅިފައެއް ނުވާނެ އެވެ. އެކަމަކު މަންޒަރު ބަދަލުވެގެން ދިޔައީ އިތުރު ބައެއް އެހެން ސިޔާސީ ޕާޓީތަކުގެ ތާއީދާ އެކު ޕީޕީއެމަށް 2013 ވަނަ އަހަރު ވެރިކަން ލިބި މަޖިލީހުގެ އަގުލަބިއްޔަތު ލިބުނު ހިސާބުންނެވެ.
އަބްދުﷲ ޔާމީންގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ޕީޕީއެމްގެ ސަރުކާރުން ގާނޫނާ ޚިލާފަށް އެތައް ކަމެއް ހިންގި އެވެ. ރައީސް ޔާމީންގެ ސަރުކާރުގެ އިސްވެރިންނަށް ބޮޑެތި ހިޔާނާތުގެ ތުހުމަތުތައް ކުރެވުނެވެ. މިމައްސަލަތަކާ ގުޅިގެން ސަރުކާރު ޖަވާބުދާރީކުރުވުމަށް އެއްވެއުޅުމުގެ ހައްގުގެ ބޭނުން ރައްޔިތުން ހިފި އެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރަށް އެކަން ފެނުނީ ސަރުކާރު ބަދަލުކޮށްލަން ހިންގަމުން ގެންދިޔަ ބަޣާވާތެއްގެ ގޮތުގަ އެވެ. އެކަމަކު ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ރައްޔިތުން އެއްވީ 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ރައީސް ޔާމީން ވެސް އެއްވި ގޮތަށް، އެމަގުންނެވެ.
ރައީސް ޔާމީންގެ ސަރުކާރު ޖަވާބުދާރީކުރުވުމަށް ރައްޔިތުން ތެދުވުމާ އެކު ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު މުޅިންހެން ނިގުޅައިގެންފަ އެވެ. ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އިސްލާހު ހުށަހަޅާ، ޕީޕީއެމްގެ ސަރުކާރަށް ވާގިވެރިވި 37 މެންބަރުންގެ ތާއީދާ އެކު މަޖިލީހުން އިސްލާހު ފާސްކުރި އެވެ. މަޖިލީހުގެ ބައެއް މެންބަރުން ހިމެނޭ ގޮތަށް އެތައް ބަޔަކު ދެކޮޅު ހަދަމުން ދަނިކޮށް އެއްވެ އުޅުމުގެ ހައްގު ނިގުޅައިގަތީ އެގޮތަށް އަމަލުނުކުރަން އެތައް ބަޔަކު ގޮވަ ގޮވާ ތިއްބަ އެވެ. އެއްވެ އުޅުމުގެ ހައްގު ހަނިކޮށްފިނަމަ ރައީސް ޔާމީނަށް ފަހުން ކުރިމަތިލާންޖެހިދާނެ އެތައް ކަމެއް ރައްޔިތުން ދިޔައީ ހަނދާންކޮށްދެމުންނެވެ.
ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރުމުގެ ހައްގު ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައި ވަނީ ވަރަށް ފުޅާކޮށެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު، އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ފުލުހުންގެ އިދާރާއިން ހުއްދަ ހޯދުމެއް ނެތި މުޒާހަރާ ނުކުރެވޭނެ ކަމަށް ކަނޑައަޅާފަ އެވެ. އަދި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށްވެސް އެ އިސްލާހުގެ ތެރެއިން ކަނޑައަޅާފަ އެވެ. ތޮއްޖެހިފައިވާ މާލޭގައި މުޒާހަރާކުރަން ހުއްދަދޭ ހަމައެކަނި ތަނުގައި ގޮތުގައި ޔާމީންގެ ސަރުކާރުން ހަމަޖެއްސީ ވަށައިގެންހެން ބެދިފައިވާ ކާނިވާ ސަރަހައްދެވެ.
އެއްވެއުޅުމުގެ ހައްގު އެވަރަށް ހަނިކުރުމުން ވެސް ރައްޔިތުން ބޭނުންވީ ކާނިވާ ސަރަހައްދަށް އެއްވެ ރައްޔިތުންގެ އަޑު ރައީސް ޔާމީންގެ ސަރުކާރަށް އިއްވުމަށެވެ. އެކަމަކު ތަފާތު އުޒުރުތައް ދެއްކުމަށްފަހު ގާނޫނުން ދިން ހަނިފުރުސަތުގެ ތެރޭގައިވެސް އެއްވުން ބާއްވަން ޔާމީންގެ ސަރުކާރުން ހުއްދަ ދީފައެއް ނުވެ އެވެ. އެންމެފަހުން ރައްޔިތުންގެ އެތައް ބަޔަކު އަތޮޅު ތެރޭގައި އާއި މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ ހިޔާލުފާޅުކުރުމުން އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށް އެތައް ބަޔަކަށް ހުކުމްކޮށް ޖަލަށްލީ ރައީސް ޔާމީންގެ ސަރުކާރުގަ އެވެ. ފުލުހުން ބޭނުންކޮށްގެން އޭރެ އެހުރިހާ ކަމެއް ކުރީ ގާނޫނުގެ ތެރެއިން ކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ އިސްވެރިން އޭރު ބުނަމުން ދިޔަ އެވެ. އެހެންކަމުން މިއަދު ޕީޕީއެމްގެ އެއްވުމަކަށް ފުލުހުން ހުރަސްއަޅާނަމަ އެކަންވެސް އެކުރަނީ ރައީސް ޔާމީން އިސްލާހުކުރި އެއްވެ އުޅުމުގެ ގާނޫނުގެ ދަށުންކަން ގަބޫލުކުރަން ޖެހެ އެވެ. މިދައްކަނީ ދާދި އިހަށް ދުވަހު ހިނގާދިޔަ ކަންކަމުގެ ވާހަކަތަކެވެ.
ރައީސް ޔާމީނަށް މިއަދު ވެރިކަން ގެއްލިވަޑައިގެންފި އެވެ. ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނުގެ އެއްވެސް ބާރެއް ނެތެވެ. އެމަނިކުފާނާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ވެސް މިވަނީ ނިމިފަ އެވެ. އެހެންކަމުން ދިގު މުއްދަތަކަށް އެމަނިކުފާނު ޖަލަށް ވަޑައިގަންނަވަން ޖެހިދާނެ ކަމަށް ރައީސް ޔާމީނާއި ސަޕޯޓަރުންނަށް މިވަނީ ބެލެވެން ފަށާފަ އެވެ. މިކަންކަމާ ގުޅިގެން އެއްވެއުޅުމުގެ ހައްގުގެ ބޭނުން ހިފައިގެން ސަރުކާރަށް ފިއްތުއްތައް ކުރިމަތިކުރުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބޭނުންވެ އެވެ. އެކަމަކު ބާރު އޮތް ދުވަސްވަރު އެއްވެއުޅުމުގެ ހައްގު ހަނިކުރުމަށްޓަކައި ގާނޫނަށް ގެނައި އިސްލާހުތައް މިއަދު ތިވަނީ އަމިއްލަ ކަރަށް ދަމާލެވޭ ދަންމަޅިއަކަށް ވެފަ އެވެ. މިއަދު އެ އިސްލާހުތައް ތިވަނީ ފޭހުނު އިލޮށިގަނޑަށްވެ އަމިއްލަ ލޮލަށް ހެރިފަ އެވެ.
29/10/2019
"ހެޔޮލަފާ ޞާލިޙް އަޅުތަކުންނާ އެކުގައި އުޅުމަކީ ﷲ އެ އަޅަކަށް މިންވަރު ކުރައްވާފައިވާ ނިޢުމަތެކެވެ. އަދި އަޅަކު ނުބައި މީސްތަކުންނާ އެކުގައި އުޅުމަކީ އެ އަޅާއަށް ﷲ ނިޔާކުރައްވަފައިވާ ޢުޤޫބާތެކެވެ. ހެޔޮލަފާ ޞާލިޙް އަޅުތަކުންނާ އެކުގައި ވުމަކީ، އޭގެ ސަބަބުން އަޅާ ޢިއްލިއްޔީންގެ އެންމެ މަތީ ދަރަޖައަށް އުފުއްލެވިގެންދާނެ ކަމެކެވެ. އަދި ނުބައި މީސްތަކުންނާ އެކުގައި އުޅުމަކީ އޭގެ ސަބަބުން އަޅާ ސާފިލީންގެ އެންމެ ދަށުދަރަޖައަށް ވެއްޓިގެންދާނެ ކަމެކެވެ. އަދި ހެޔޮ ޞާލިޙް އަޅުތަކުންނާ އެކުގައި އުޅުމަކީ އޭގެ ސަބަބުން ފައިދާކުރާނެ ޢިލްމު ލިބިގެންދާނެ، މާތްމަތިވެރި އަޚްލާޤު ޙާޞިލް ކުރެވޭނެ އަދި ޞާލިޙް ޢަމަލުތަކުގައި ޤާއިމްވެވޭނެ ކަމެއްގެ ގޮތުގައިވެ އެވެ. ނުބައި މީސްތަކުންނާ އެކުގައި އުޅުމަކީ މިއެންމެހައި ކަންތައްތަކުން މަޙްރޫމު ވެގެންދާނެ ކަމެކެވެ.
ﷲ ވަޙީކުރެއްވި އެވެ. ﴿وَيَوْمَ يَعَضُّ الظَّالِمُ عَلَى يَدَيْهِ يَقُولُ يَالَيْتَنِي اتَّخَذْتُ مَعَ الرَّسُولِ سَبِيلًا يَاوَيْلَتَى لَيْتَنِي لَمْ أَتَّخِذْ فُلَانًا خَلِيلًا لَقَدْ أَضَلَّنِي عَنِ الذِّكْرِ بَعْدَ إِذْ جَاءَنِي وَكَانَ الشَّيْطَانُ لِلْإِنْسَانِ خَذُولًا﴾ الفرقان : 27 - 29 "އަނިޔާވެރިޔާ އޭނާގެ އަތުގައި ދަތްއަޅާ ދުވަސް ހަނދުމަކުރާށެވެ. އޭނާ އެދުވަހުން ބުނާނެތެވެ. އޭ ސަހަރޯ އެވެ! ރަސޫލާގެ މަގެއް ހިފައި ބޭނުންކުޅަނަމަ ތިމަންނާއަށް ކިހާ ރަނގަޅުވީސް ހެއްޔެވެ؟
އޭ ހުރި ހަލާކެއްގެ ބޮޑުކަމާ އެވެ. ތިމަން އެވެނި މީހަކު ރައްޓެއްސެއްގެ ކަމުގައި ނުހިފިނަމަ، ކިހާ ރަނގަޅުވީސްހެވެ. ހަމަކަށަވަރުން ތިމަންނާއަށް އެ ޤުރުއާން އައުމަށްފަހު، އޭނާ ތިމަން އެއިން އެއްކިބާކޮށް މަގުފުރައްދައިފި އެވެ. އިންސާނާއަށް އޭނާ ދެރަކޮށް ނިކަމެތިކޮށްލާ އެއްޗެއް ކަމުގައި ޝައިޠާނާވެ އެވެ."
ލިޔުނީ: ނާހިދު ޔޫސުފް
29/10/2019
ޔާ ﷲ!!! އަޅަމެންގެ ހިތްތަކުގައި އެންމެ ލޮބުވެތިކަން ބޮޑު ފަރާތަކީ އިނބަ އިލާހު ކަމުގައި ލައްވާފާންދޭވެ. އާމީން
29/10/2019
الدمعه التي سقطت من عينها تُكفي لشرح كل الأوجاع
اللهم لاتترك مريضاً ولا موجوعاً ولا طفلاً إلاشافيته
قولوا آمين
29/10/2019
އެތަކެއް އުފާތައް ލޯބިން އެކުގާ ކުރިން ދީފާ
ހެކިކޮށް ހަނދާ ހަނދުވަރުގާ ކުރިޔޭ ހުވާ އޭނާ
ވަކިވުން ނުވާނޭ ބުނެފާ އަތުގާ ހިފާފާ އޭނާކެހިދީ ފިލީޔޭ
އޭނާ ކިހެނެއް ހަދާނީ މިހާރު.؟؟
27/10/2019
މިހާރު ހަނދާންވަނީ އެވެ.
މާބޮޑަށްވެސް ހަނދާންވަނީ އެވެ.
ވާހަކަ ދައްކާ ހިތް ވަނީ އެވެ.
ފެނުމުން ބަޔާން ކުރަންތަދި އިހުސާސް ތަކެއް ވަނީ އެވެ. މާބޮޑަށްވެސް އިހްސާސްތަކެއް ވަނީ އެވެ.
މޫނަށް ބަލާ ހިތްވަނީ އެވެ.
“ދޫންޏާ ވަރަށް ލޯބިވޭ ،
އުމުރަށް ވެސް ލޯބިވާނަން”
ރުއީމެވެ. ލޯބި ވާތީއެވެ.
ހިތުގައި ޖެހުނެވެ. ހަނދާން ވާތީއެވެ.
އިތުބާރު ކުރީމެވެ.
27/10/2019
#އައްސަލާމު_ޢަލައިކުމް.
އޯގާތެރި ކަމާއި ކެއްތެރިކަމާއި އިޙްތިރާމާއި ޤަދަރާއި ލޯތްބާއި ކުލުނުން ފުރިގެންވާ މިފަދަ އަންބަކު ލިބިއްޖެ މީހަކަށް ދެދުނިޔޭއިން ބާއްޖަވެރިކަން ހުއްޓެވެ. މީ ދުނިޔެ އިން މިހާރު މަދުން ނޫނީ ލިބޭނެ ނަސީބެއް ނޫނެވެ.♥️
ياالله! މިއަހެން މީހާއަށް ލޯބިވާ ފިރިމީހާ އާއި ސުވަރުގެއިން ބައްދަލު ކުރުމުގެ ހެޔޮ ތައުފީގު ދެއްވާނދޭވެ. آمين 🤲
Click here to claim your Sponsored Listing.
Category
Website
Address
Male