Fit Nash Life
Physical & Mental Fittness with Healthy Life Style
certified as a Aerobics instructor
certified as a Gym instructor certificate 1
certified as a Personal trainer
25/06/2026
މެންދުރުގެ ކެއުމަށް ވަނީ ހަމައެކަނި ބަތް ކަމުގަ ގަބޫލު ކުރެވެނީތޯއެވެ.
މެންދުރުގެ ކެއުމަކީ މިންހެޔޮ ކެއުމެއް ކަމުގައި ހަދާލުމަށްޓަކާ،، ތަރުކާރީ އާއި މަހުގެބާވަތަކާއެކު ބަތްނޫނަސް ފަލަމަޑީގެ ބާވަތެއް ވެސް ހިމަނާލެވިދާނެއެވެ،
ލުއިކޮށްކެއުމުން ބަރުދަން ލުއިކުރުމަށް ފަސޭހަވާނެއެވެ.
24/06/2026
A beautiful day in my life 💕
Al hamdhlillah ❤️
19/06/2026
Fitnashlife healthy lifestyle weight loss program ge June season ge baiverinah miadhu mivany MasterChef program eh hingifa 😍
މިއަދު ބައިވެރިން ތައްޔާރުކޮށްލި ބައިވެރިން ގެ އަމިއްލަ ރެސިޕީ އަށް ،
ވަރަށް ތަފާތު ބާވަތްތަށް ވަރަށް ފަސޭހައިން ގޭގަ އަމިއްލަޔަށް ތައްޔާރު ކޮށްލެވިދާނެ ކަން މި ޕްރޮގްރާމް ގެ އެހީގަ ބައިވެރިންނަށް އެނގިގެންގޮއްސިކަމަށް އުއްމީދުކުރަން
މައްސަލައަކީ މިއެއްޗެހި ރަހަބަލާލަން ނުލިބި ޖަޖްކުރަން ޖެހުން 😃
18/06/2026
ތެލުލި ބަނބުކެޔޮ ކާހިތުން 5 ރ އަށް ފޮއްޗެއް ގެ ރޭޓުން ގަނެގެން މިއުޅެނީ 10 ފޮތި، ނަސީބެއް 😃
އަގުހެޔޮނަމަ ގިނައިން ކެވުނީސްދޯ، ވަރަށް މީރުއެއްޗެއް،
އެކަމަކު އެއްފަހަރާ ގިނައިން ކެއުން ރަގަޅެއްނުވާނެ، ކިތަންމެ މީރު އެއްޗެއްވިޔަސް ކިތަންމެ ގިނަ ފައިދާއެކުލެވޭ ކާނާއެއް ވިޔަސް ކާ މިންވަރު ގިނަވެއްޖެނަމަ އެއިން ގެއްލުންވާނެ،
އެއްވެސް ބޭހެއް ނުޖަހާ މާބޮޑު މަސައްކަތަކާއި ނުލާ ހެއްދޭއެއްޗެއް ބަނބުކޭލަކި، ބޭނުންވާނި ބިންކޮޅެއް އެކަނި،
ބަނބުކޭލަކީ ގިނަބާވަތް ތަކެއްގެ ކެއުން ލޮނުކޮންނާ ފޮނިކޮން ތައްޔާރުކޮށްލެވޭ ބާވަތަކަށް ވުމުގެ އިތުރުން ، މަށާފަ ހިއްކާފަ، ފަހުން ކައްކައިގެން ބޭނުން ކުރަން ގިނަދުވަސްތަކެއް ވަންދެން ރައްކާކޮށްފައި ބެހެއްޓި ވެސްދާނެ ފަލަމަޑީގެ ބާވަތެއް .
17/06/2026
މީ ކޮންނަމެއް ކިޔާ ގަހެއްކަންއެގޭތަ ؟
ރައްޓެއްސަކު ބުނީ ފަތަނގުމަލޯ 😃
ކާނު ތެރޭގަ ހެދި ގަސްމިހިރީ ފޯދިފަ، މާތައް މޭވާއަށް ބަދަލުވެ ދޮންވުމުގެ ކުރިން ކަނޑާނުލުން އެދެން 😁
17/06/2026
ރޭގަނޑު ގެ ކެއުން ރޭގަނޑު 7 ޖަހަން ވާއިރު ނިންމާލަމާ !
ހިނގާލާ ހަރަކާތްތެރިވެ އުޅެލުމަށްފަހު، 10 ނުވަތަ 11 ޖަހަން ވާއިރު ނިދާލީމަ ރޭގަނޑު ގެ ނިދި ހަމަކޮށްލެވޭނެ، އަދި ހަށިގަނޑަށް އެންމެ ފައިދާބޮޑު ގޮތަކީވެސް އަވަހަށް ނިދާފަ ފަތިހު ހޭލުން
،
މީ ބަރުދަން ލުއިކުރުމަށާ ނަފްސާނީގޮތުން ދުޅަހެޔޮވުމަށްޓަކާ މުހިއްމުކަމެއް
16/06/2026
15/06/2026
މައިގަނޑު ކާގަޑިތަކުގެ އިތުރުގަޑިތަކުގަ ސައި ކޮފީ ތައްޔާރީ ބުއިންތަކު ގެ ބަދަލުގަ ލެމަންވޯޓަރ ނުވަތަ ފެހިޖޫހެއް ނުވަތަ ގުދުރަތީ ތަފާތު ފައިދާހުރި ބާވަތްތައް ބޭނުންކޮށްގެން ގޭގަ އަމިއްލަޔަށް ޖޫހެއް ތައްޔާރުކޮށްލައިގެން ބޭނުންކޮށްލުމުން އިތުރު ބޭކާރުކެލަރީސްތަކެއް އިތުރުނުވެ، ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ހޯދިދާނެއެވެ،
ވަގުތުން ތައްޔާރުކޮށްލެވެންހުންނަ ޕެކެޓް ތަކުގެ ބުއިންތައް އެއީ އަތަށް ފަސޭހަ ގޮތްކަމުގަ ވީނަމަވެސް، ހައްޓަށް އުދަގޫ ދެނިވި ގޮތްތަކެއް ކަމުގަ ވެދެއެވެ،
އަތްފޯރާފަށުގަ ހިލޭ ލިބެންހުންނަ ހަށިގަނޑަށް ފައިދާހުރި ގުދުރަތީ ތަކެތި ބޭނުންކުރުމުގެ ބަދަލުގަ، ކެމިކަލްތަކުން ތަގައްޔަރުކޮށްފަވާ ގެއްލުންދޭ ތަކެތި އަގުދީފަ ގަނެގެން ނަމަވެސް ބޭނުން ކުރުމުގެ އާދަ ގެންގުޅެވޭ ކަމީ ބަރުދަން އިތުރުވުމާއިއެކު ގިނަ ބަލިތަކަކަށް ހުށައެޅި ގެންދިއުމުގެ ސަބަބަކަށް ވެދާނެއެވެ،
14/06/2026
ބަރުދަން ލުއިކުރުމުގަ ބަތްކެއުމަކީ ގޯހެއްނޫނެވެ،
މައްސަލައަކަށް ވަނީ ބަތާއެކު ތަރުކާރީގެ ބާވަތެއް ހިމަނާނުލެވޭތިއެވެ،
މުރަނގަ ފަތް ، ބޯވެލިފަތް، ކޮޕީފަތްފަދަ ފަސޭހައިން ގޯތިތެރޭގަވެސް ހައްދާލެވޭ ބާވަތްތަށް ހައްދައިގެން ތާޒާކޮށް ބޭނުންކުރެވިދާނެއެވެ،
ހަށިގަނޑަށް ލުއިވުމުގެ އިތުރުން ޖީބަށް ވެސް ލުއިވާނެއެވެ،
އަދި އެއްފަހަރާ ގިނައިން ކެއުމާއި ދުރުހެލިވުމަކީ އެންމެ މުހިންމުކަން ދޭންޖެހޭ ކަމެވެ،
Click here to claim your Sponsored Listing.
Category
Telephone
Website
Address
Sh. Funadhoo
Funadhoo