Ibrahim Samah
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ibrahim Samah, Political Candidate, V. Hulhandu Minnaiy, Male.
Official page of Ibrahim Samah (Samarey)
Elected Councillor – Male’ City Council, Villimale’ Constituency
Vice President of PNC Villimale’ Constituency
ٱلْحَمْدُ لِلَّٰهِ
ޝުކުރިއްޔާ ވިލިމާލެ ދާއިރާގެ ލޮބުވެތި ރައްޔިތުން
އިންސާނެއްގެ ޙަޔާތުގައި އަންނާނެ އެންމެ އުފާވެރި އަދި އެންމެ ފަޚުރުވެރި ވަގުތަކީ، ތިމާ ކުރާ މަސައްކަތް ބަލައިގަނެ، މުޖުތަމަޢުގެ ލޯތްބާއި އިތުބާރު ލިބިގެންދާ ހިނދެވެ. މިއަދު އަޅުގަނޑުގެ ހިތްވަނީ އުފަލުން ފުރިފައެވެ. މި ފުރުޞަތުގައި އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، ވިލިމާލެ ދާއިރާގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ދެއްވި ފުރިހަމަ ތާއީދާއި އިތުބާރަށްޓަކައި ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމެވެ.
ވިލިމާލެ ދާއިރާ އަކީ އެކުވެރިކަމާއި، އޯގާތެރިކަމުގެ ނަމޫނާ ދާއިރާކެވެ. މި ދަތުރުގައި އަޅުގަނޑަށް ފެނިގެންދިޔައީ ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުމެވެ. އަޅުގަނޑުގެ މަސައްކަތްތަކުގައި ތިޔަ ލޮބުވެތި ރައްޔިތުން ދެއްވި އެއްބާރުލުމަކީ އަޅުގަނޑުގެ ހިތުން ދުވަހަކުވެސް ފިލައިގެން ދާނެ ކަންކަމެއް ނޫނެވެ. ރޭދުވާލު ނުނިދާ، އަމިއްލަ މަސައްކަތްތައް ދޫކޮށްލުމަށްފަހު، އަޅުގަނޑާއެކު ތިޔަ ރައްޔިތުން ކުރެއްވި އިޚްލާޞްތެރި މަސައްކަތަކީ އަގުނުކުރެވޭނެ ފަދަ މަތިވެރި ޚިދުމަތެކެވެ.
އަޅުގަނޑަށް ތިޔަ ކުރެއްވި މަތިވެރި އިތުބާރަކީ އަޅުގަނޑުގެ ކޮނޑުގައި އެޅުނު ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ. އެ އިތުބާރުގެ އަގު ހިފެހެއްޓުމަކީ އަޅުގަނޑުގެ އެންމެ އިސް ވާޖިބު ކަމުގައި ދެކެމެވެ. ވަކިވަކި ފަރުދުންނާއި، ކެމްޕޭން ޓީމުގެ މެންބަރުންނާއި، ހެޔޮއެދޭ ހުރިހާ ފަރާތްތަކުން ވެދެއްވި އެހީތެރިކަމަށްޓަކައި ހިތުގެ ފުންމިނުން ޝުކުރު އަދާކުރަމެވެ. ތިޔަބޭފުޅުންގެ ހިތްވަރާއި ނުގުޑާ އަޒުމަކީ އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ.
މިފުރުސަތުގައި ވިލިމާލެ ދާއިރާގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު އަރުވާ ޔަގީންކަމަކީ، އަޅުގަނޑު އަބަދުވެސް ދެމިހުންނާނީ ތިޔަ ލޮބުވެތި ރައްޔިތުންގެ ޚިދުމަތުގައި ކަމެވެ. ރަށުގެ ތަރައްޤީއާއި، ރައްޔިތުންގެ ފާގަތިކަމަށްޓަކައި ކުރަންޖެހޭ ކޮންމެ މަސައްކަތެއްގައި އަޅުގަނޑުގެ އެހީތެރިކަމާއި އެއްބާރުލުން ފަސްޖެހުމެއްނެތި ލިބޭނެއެވެ. ވިލިމާލެ ދާއިރާގެ ރައްޔިތުންގެ އަޑު އިއްވައިދީ، ރައްޔިތުން އެދޭ ފަދަ އުޖާލާ މުސްތަޤުބަލެއް ބިނާކުރުމުގައި އަޅުގަނޑު ސާބިތުކަމާއެކު ހުންނާނަމެވެ.
ޝުކުރިއްޔާ ވިލިމާލެ ދާއިރާގެ ލޮބުވެތި ރައްޔިތުން! ތިޔަ ދެއްވި ލޯތްބާއި ގާތްކަމަށްޓަކައި އަބަދުވެސް ޝުކުރުވެރިވަމެވެ. -އިބްރާހިމް ސަމާޙް-
30/03/2026
ވިލިމާލެސަރުކާރާ އެކު ފައްސިޔަލައް
ވިލިމާލެ ފައްސިޔަލައް
24/03/2026
ވިލިމާލެ ސަރުކާރާއެކު ފައްސިޔަލައް
21/03/2026
ވިލިމާލެ ދޮރުން ދޮރަށް ތެރެއިން
19/03/2026
ފައްސިޔަލައް
18/03/2026
ފައްސިޔަލައް.
Ibrahim Samah
Hishma Ahmed
18/03/2026
ފައްސިޔަލައް.
16/03/2026
ހަމަޖެހުން، ތަރައްޤީ، ރައްކާތެރިކަން.
Click here to claim your Sponsored Listing.
Category
Website
Address
Male
21022