Gaabe Institute
Gaabe Institute
SSC exam ah thayyaaruvaa dharivarunnah muhinmu filaavalheh.
ގްރޭޑް 9 އަދި ގްރޭޑް 10 ގައި ކިޔަވާކުދިންނަށް ނުހަނު ބޭނުންތެރި މަޢުލޫމާތުކޮޅެއް.
ދަރިވަރުންނަށް ޢިލްމު ފޯރުކޮށްދިނުމަށް މިކުރާ މަސައްކަތުގައި އެންމެހާ ބޭފުޅުން ތިޔަދެއްވާ އެއްބާރުލުމާ، އެހީތެރިކަމަށް ޝުކުރު އަދާކުރަން.!
17/06/2026
SSC Islam coaching camp 2026
ބ. އަތޮޅު މަދަރުސާގެ ގްރޭޑް 10 ގެ ދަރިވަރުން އެސް.އެސް.ސީ އިމްތިޙާނަށް ތައްޔާރުވުމަށް އެ މަދަރުސާއިން ކުރައްވަމުން ގެންދަވާ މަސައްކަތަށް އިތުރު އެހީތެރިކަމެއް ދެއްވުމުގެ ގޮތުން ގާބެ އިންސްޓިޓިއުޓްގެ ފަރާތުން، ގާބެ ސަރ ހިންގެވި ކޭމްޕަކީ ދަރިވަރުންނަށް ނުހަނު ގިނަގުނަ ފައިދާތަކެއް ލިބުނު ކޭމްޕެްްކަމަށް އެމަދަރުސާއިން ވަނީ ފާހަގަ ކުރައްވާފައެވެ.
ގާބެ އިންސްޓިޓިއުޓްގެ އެންމެ މުހިންމު މަޤުޞަދަކީ ޢިލްމު ފޯރުކޮށްދިނުމެވެ.
މި ކޭމްޕްގައި ސްކޫލުގެ ފަރާތުން ދެއްވި އެހީތެރިަކަމާ، ބެލެނިވެރިންގެ ފަރާތުން ދެއްވި އެހީތެރިކަން ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާކުރަމެވެ.
baa_atoll_school
institute education
ދިރާސާ ފެންވަރުގެ ސުވާލަށް ޖަވާބު ދިނުން 4 ވަނަ ބައި.
ކަރުދާސް 2 އިން ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް އަޅުގަނޑު މިކުރާ މަސައްކަތުގައި އެންމެހާ ބެލެނިވެރިންނާ، ޓީޗަރުންނާއި ހުރިހާ ކިޔަވާކުދިން ބައިވެތިވުން އެދެމެވެ.
މި ވީޑިއޯ ކްލިޕްތައް ފެންނަ އެންމެހާ ބޭފުޅުން، ކިޔަވާކުދިންނާ ހަމައަށް މި ވީޑިއޯ ކްލިޕްތައް ފޯރުކޮށްދެއްވުން އެދެމެވެ.
14/06/2026
ގްރޭޑް 12 ގެ ދަރިވަރުން އެޗް.އެސް.ސީ އިމްތިޙާނުގެ އިސްލާމް މާއްދާއިން ރަނގަޅު ނަތީޖާއެއް ހޯދުމަށް ހަވާސާ ކޭމްޕްގައި ބައިވެރިވުމަކީ ރަނގަޅު ޙައްލަކަށް ވެގެންދާނެއެވެ.
ވޭތުވެ ދިޔަ 2024 ވަނަ އަހަރާއި 2025 ވަނަ އަހަރު ހަވާސާ ކޭމްޕްގައި ބައިވެރިވެގެން ވަރަށްގިނަ ކުދިންވަނީ އިސްލާމް މާއްދާއިން ނުހަނު ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ.
ހަވާސާ ކޭމްޕަކީ ކިޔަވައިދެއްވާ ޓީޗަރުންގެ ބުރަ މަސައްކަތަށް އިތުރުވެގެންދާ ނުހަނު ބޭނުންތެރި ޓެކްނިކަލް ކިލާސްތަކެކެވެ. ހަވާސާ ކޭމްޕުގައި ކިޔައިދޭނީ އިމްތިޙާނު ކަރުދާހުގައި ސުވާލުތައް އަންނަ ޕެޓާރން އާއި، ތަފާތު ފެންވަރުގެ ސުވާލުތަކަށް ޖަވާބު ދިނުމުގައި ވިސްނުން ގެންގުޅެންވީ ގޮތްތަކެވެ. އަދި މި އަހަރުގެ ސުވާލު ކަރުދާހުގައި ސުވާލުތައް އައުމުގެ ފުރުޞަތު ބޮޑު ދާއިރާތައް ކިޔައިދެވޭނެއެވެ.
އަޅުގަނޑުމެންގެ މަސައްކަތަކީ ޢިލްމީ ދިރާސާތަކުގެ އަލީގައި ކުރެވޭ މަސައްކަތްތަކެކެވެ.
މި ކޭމްޕުގައި ގްރޭޑް 11 ގެ ފިޤުހުގެބައިން ދަރިވަރުންނަށް އުނދަގޫ ފިލާވަޅުތަކުން މުރާޖާވެސް ކުރެވޭނެއެވެ.
ކޭމްޕުގައި ބައިވެރިވުމަށް ތިރީގައިވާ ގޫގުލް ފޯރްމު ފުރިހަމަކޮށްލުން އެދެމެވެ. ނުވަތަ QR ކޯޑު ސްކޭންކޮށްލައިގެން ގޫގުލް ފޯރމު ފުރިހަމަކޮށްލުން އެދެމެވެ.
https://forms.gle/iD5kAwQLF3Z1gSnN7
14/06/2026
SSC islam coaching Camp AA. Mathiveri.
Mifaharu miothee ummeedhee batch eh.
Dhu’a akee thaareekh badhalu kohlaane batch akah mi batch vegen dhiun.
School ge verinnaai teachers ge ithurun enmehaa beleniverin dhehvaa eheetherikamaa, thiya bahahtaa gaaihkamaai, thivaa loaihbah fahfashun shukuru adhaakuran.
ކައިވެނީގެ ވަލީވެރިންގެ ތަރުތީބު ދަސްކުރަން މީވެސް ފަސޭހަ ގޮތަކަށް ވެދާނެ.
ގްރޭޑް 9 އަދި ގްރޭޑް 10 ގައި ކިޔަވާކުދިން މި ވީޑިއޯ ކްލިޕް ބަލައިލުން މުހިންމު ވާނެކަމަށް ދެކެން.
ކިޔަވާ ކުދިންގެ މަޢުލޫމާތު މުއްސަނދި ކުރުމަށާއި، ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އެންމެހާ ބެލެނިވެރިންނާއި ޓީޗަރުންގެ އެހީތެރިކަން ލިބުމަކީ ވަރަށް އެދޭކަމެއް.
އެސް.އެސް.ސީ އިސްލާމް ކޯޗިންގ ކޭމްޕް 2026
މ. ދިއްގަރު ސްކޫލް
އުންމީދަކީ މިކުދިން ދިއްގަރު ސްކޫލުގެ ތާރީޚް ބަދަލުކޮށްލާނެ ރަނގަޅު ނަތީޖާއެއް ހޯދުން. ކިޔެވުމަށް ވަރަށް ޝަޢުޤުހުރި ދަރިންތަކެއް ފެނުނު ބެޗެއް.
ސްކޫލުގެ ވެރިން (ޚާއްޞަކޮށް އިއްސެ އަދި އިސްލާމް މިސް) އަދި މެނޭޖްމެންޓް ޓީމާއި ބެލެނިވެރިންގެ ފަރާތުން ލިބުނު ލޯތްބާއި އެހީތެރިކަން ފާހަގަ ކުރަން.
މާތް الله ރަޙްމަތް ލައްވާށި!
ދޭހައިގެ ސުވާލަށް ޖަވާބުދޭން ދަސްކުރާކުދިން މި ވީޑިއޯކޮޅު ބަލައިލުމަކީ ވަރަށް މުހިންމު ކަމެއް.
Ehee 1 adhi Ehee 2
SSC imthihaanah thayyaaruvaa dharivarunnah nuhanu beynuntheri 2 foih
އެސް.އެސް.ސީ އިސްލާމް މާއްދާއިން އިމތިޙާނަށް ތައްޔާރުވާ ދަރިވަރުންނަށް އެހީއެއް. ދިރާސާގެ ސުވާލަށް ޖަވާބުދޭއިރު ވިސްނަންވީ މުހިންމު ކަންކަން
3 ވަނަ ބައި
މީގެ ކުރިން މީގެ 2 ބައެއް ވާނީ މި ޕޭޖުގައި ގެނެސްދީފައި.
Click here to claim your Sponsored Listing.