Addana Magazine
MNDF Official Magazine Addana Magazine is a freely distributed publication that has been serving the community since 2007.
It is committed to delivering high-quality content that informs, educates, and entertains readers, while also aiming to raise public awareness of the critical role of the Maldives National Defence Force in providing humanitarian assistance during distress and emergencies. The magazine also plays a significant role in promoting social values and is widely utilized as an academic resource in various
04/06/2026
ހިމޭން ޤުރުބާނީ - Addana ޤައުމަށް ޓަކައި އޮންނަ ލޯތްބަކީ ހިތުގެ ފުންމިނުން ބިންވަޅު ނެގިފައިވާ ލޯތްބަކަށް ވާންޖެހޭނެއެވެ. ކޮންމެ ސިފައިންގެ މީހަކު ވެސް އެ މީހެއްގެ އެންމެ އިސް ވާޖިބުގެ ...
04/06/2026
ރާއްޖެ އިސްލާމްވުމުގެ ފަސް - Addana މަހާބަރަނަ މަހާރަދުންގެ ފަހުން، 1142މ. ވަނަ އަހަރު ރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގަތީ ޝްރީ ތުރިބުވަނަ އާދީއްތަ މަހާރަދުންނެވެ. މިއީ މަހާބަރަނަ މަހާރަދުންގެ އުޚ...
04/06/2026
ހިލާލީ ދަރިކޮޅު - Addana ހިލާލީ ދަރިކޮޅަކީ ދިވެހިރާއްޖޭގައި ތިންވަނައަށް ރަސްކުރެއްވި ދަރިކޮޅެވެ. މި ދަރިކޮޅުގެ ކުރިން ރަސްކަންކުރީ ޢުމަރުވީރު ދަރިކޮޅެވެ. ހިލާލީ ދަރިކޮޅަކީ ދިވެހިރާއް...
27/05/2026
ތީމުގޭ ދަރިކޮޅުގެ ރަސްރަސްކަލުންގެ ތެރެއިން ދިވެހިރާއްޖެ ހިޖުރައިން 548 (މީލާދީން 1153) ވަނަ އަހަރު އިސްލާމްވީ ތީމުގޭ ދަރިކޮޅުގެ ދޮނެއި ނުވަތަ ދޮވިމި ކަލަމިންޖާގެ ރަސްކަމުގައެވެ. އިސްލާމްވެ ވަޑައިގަތުމަށް ފަހު މި ރަދުންގެ ނަންފުޅަކީ އައްސުލްޠާން މުޙައްމަދު އިބްނު ޢަބްދުﷲ ސިރީ ތްރިބުވަނަ އާދީއްތަ މަހާރަދުންނެވެ. މިރަދުން މަޝްހޫރުވެފައި ވަނީ ”ދަރުމަވަންތަ ރަސްގެފާނު“ ގެ ނަންފުޅުންނެވެ. މިއީ ދިވެހިރާއްޖޭގެ ފުރަތަމަ މުސްލިމް ރަސްގެފާނެވެ.
ތީމުގޭ ދަރިކޮޅު - Addana ތީމުގޭ ދަރިކޮޅަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ރަސްކަން ކުރެއްވިކަމަށް ބަލާ މައިގަނޑު ހަތް ދަރިކޮޅުކަމަށްވާ ތީމުގޭ ދަރިކޮޅު، ޢުމަރުވީރު ދަރިކޮޅު، ދިޔަމިގިލި ދަރ....
27/05/2026
ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީއަކީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ ރެސްކިއު ޑައިވަރެއްގެ އިތުރުން ގިނަ ކުޅިވަރުތަކެއް މޮޅަށް ކުޅޭ އަދި ފާހަގަކޮށްލެވޭ ހުނަރުވެރި އެތުލީޓެކެވެ. މިގޮތުން ބާސްކެޓާއި، ވޮލީއާއި، ހޭންޑްބޯޅައާއި އެތުލެޓިކްސްގައި ދިވެހި އަސްކަރިއްޔާއަށާއި އެމްއެންޑީއެފް ކޯސްޓްގާޑަށް ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ވަނީ ރަންވަނަތަކާއި ރީތި ނަންތަކެއް ހޯއްދަވައިދެއްވާފައެވެ.
ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ މަތިވެރި އަސްކަރީ ޚިދުމަތް - Addana ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ (ސނ: 6029)، ސިފައިންގެ ޚިދުމަތާ ގުޅިލެއްވީ 2005 ޑިސެންބަރު 19 ވަނަ ދުވަހުއެވެ. ދިވެހި އަސްކަރިއްޔާގެ ކޯސްޓްގާޑުގެ ތަފާތު ޑިޕާ....
27/05/2026
ޢުމަރުވީރު ދަރިކޮޅުން އެންމެ ފާހަގަކުރެވޭ ދުވަސްވަރަކީ މި ދަރިކޮޅުން ރަސްކަން ކުރެއްވި ރެހެންދި ޚަޖީދާގެ ރަނިކަމުގެ ދުވަސްވަރެވެ. މަޣުރިބުކަރަ (މިހާރުގެ މޮރޮކޯ)ގެ މަޝްހޫރު ދަތުރުވެރިޔާ އިބްނު ބަޠޫޠާ ދިވެހިރާއްޖެއަށް ދެފަހަރުމަތިން ވަޑައިގެންނެވި އިރު ވެސް ރަނިކަމުގައި އިންނެވީ ޚަދީޖާ ރެހެންދި ކަނބައިދި ކިލެގެއެވެ.
ޢުމަރުވީރު ދަރިކޮޅު - Addana ޢުމަރުވީރު ދަރިކޮޅަކީ ދިވެހިރާއްޖޭގައި ދެވަނައަށް ރަސްކަން ކުރެއްވި ދަރިކޮޅެވެ. މި ދަރިކޮޅުގެ ކުރިން ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވީ ތީމުގޭ ދަރިކޮޅުންނެވެ....
26/05/2026
"ލޯންޗު ތެރެއަށް ލޮނުގަނޑު ވަދެ، ކަނޑު ގަދަވުމާ އެކު، މުޅި އުޅަނދު އޮތީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ހުރިހާ ކުދިން ހާސްވެ، އެއްފަހަރާ ލޯންޗުން ނިކުންނަން އުޅުނު ނަމަ، އެ ރޭގެ ނިމުން، މުޅި ޤައުމު ރޮއްވާލާނެ ފަދަ ހިތާމައަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑުވީހެވެ. ނަމަވެސް، މުދައްރިބުންގެ އިރުޝާދުތަކަށް ކިޔަމަންތެރިކަމާ އެކު ތަބާވެ، ކުދިން ދެއްކި ހިތްވަރާއި، ކެތްތެރިކަމަކީ، ﷲގެ ރަޙުމަތުން، މި ބޮޑު ހާދިސާއިން ހުރިހާ ފުރާނައެއް ސަލާމަތްވުމުގެ މައިގަނޑު ސިއްރެވެ."
ކަނޑުމަތީގެ ބިރުވެރިކަމުގެ ތެރެއިން އަންހެން މުދައްރިބުން ދެއްކި އާދަޔާޚިލާފު ހިތްވަރު - Addana 2026 މޭ 18 ވީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެވެ. އުޑުމަތި ބަނަވެ، ކަނޑުގަދަވަމުން ދިޔަ ވަގުތުގައި، ކާށިދޫ ކަނޑުގެ ގަދަ ރާޅުތަކުގެ ތެރެއިން ދަތުރުކުރަމުންދިޔަ ލޯންޗުގ...
06/05/2026
39th edition of "Addana" Magazine is now available online!
You can read the digital copy or download it directly via the link below:
🔗 Download here:https://addana.mv/wp-content/uploads/2026/05/Addana-39_compressed.pdf
22/04/2026
އެމެރިކާއިން ފައިސާ ޗާޕުކުރަނީ ތަރައްޤީގެ މަޝްރޫޢުތަކަކަށް ނޫނެވެ. އާދެ، މަގުތައް ހަދާކަށް، ސްކޫލްތައް ރަނގަޅުކުރާކަށް ނުވަތަ އާއިލާތަކަށް އެހީވާކަށް ނޫނެވެ. އެއީ ކުރީގެ ދަރަނިތަކުގެ އިންޓަރެސްޓް ދައްކައި، ބަނގުރޫޓުވުން ފަސްކުރުމަށް ކުރާ ކަމެކެވެ. މިއީ އެމެރިކާގެ މިއަދުގެ ޙާލަތެވެ.
ދަރަނި 39 ޑްރިލިއަނުން މަތީގައި: އެމެރިކާ، އެންމެ ބޮޑު އިގުތިސާދަށްވަނީ ކީއްވެ؟ - Addana މިއަދުގެ ދުނިޔޭގައި އިޤްތިޞާދީ ގޮތުން އެންމެ ބާރުގަދަ ޤައުމުގެ ގޮތުގައި ބެލެވޭ އެމެރިކާ މިވަނީ ނުރައްކާތެރި މާލީ ފައްތަރެއްގައެވެ. އެމެރިކާގެ ޤައުމީ ދަރަނި 39 ޓ....
11/11/2025
އެމެރިކާއިން އުފެއްދި އެޓޮމިކް ބޮމަށް ފަހު، ފުރަތަމަ ފަހަރަށް, ސޯވިއެޓް ޔޫނިއަނުން 1949ވަނަ އަހަރު އަމިއްލައަށް އެޓޮމިކް ބޮމެއް އުފެއްދިއެވެ. އޭގެފަހުން ހަތިޔާރު އުފެއްދުމުގެ ރޭސް ދެ ބާރުގެ ދެމެދުގައި ވަރަށް ބޮޑަށް ވަރުގަދަވެ ފުޅާވެގެން ދިޔައެވެ. އެ ވާދަވެރިކަމުގައި އެމެރިކާއިން ހައިޑްރޯޖަން ބޮން ފަދަ ވަރުގަދަ ހަތިޔާރުތައް އުފައްދަން ފެށިއެވެ. އޭގެ ފަހަތުން، ސޯވިއެޓުން ވެސް އެފަދަ އެއްވަރުގެ ހަތިޔާރުތައް އުފައްދަން ފެށިއެވެ. މި ވާދަވެރިކަމުގެ ސަބަބުން، ނިއުކްލިއާ ޓެކްނޮލޮޖީގެ ހަލުވި ކުރިއެރުންތަކެއް ލިބެން ފެށިއެވެ. ދެ ފަރާތުން ވެސް މަސައްކަތްކުރަމުން ދިޔައީ ދުވަހެއްދުވަހަކަށް ނިއުކްލިއާ ވޯހެޑްތައް އުފައްދައި އޭގެ ތަޖުރިބާތައް ކޮށް، އެއް ބަޔަކަށް ވުރެ އަނެއް ބަޔަކު އަސްކަރީގޮތުން މޮޅުވުމަށެވެ. މިގޮތުން، ހަތިޔާރު އުފެއްދުން ފުޅާވެގެން ދިޔަ މިންވަރަކީ، ދެ ފަރާތަށް ވެސް އެއް ބަޔަކު އަނެއް ބަޔަކު މުޅިން ނައްތާލުމުގެ ނުރައްކާތެރި ގާބިލުކަން ލިބިގެން ދިޔުމެވެ.
ފިނިހަނގުރާމައާއި ސޯވިއެޓުންގެ ނިމުން - Addana ފިނިހަނގުރާމައަކީ، ދެ ސްޕަރޕަވަރުންގެ މެދުގައި ހިނގި ޖިއޯޕޮލިޓިކަލް ހަމަނުޖެހުންތަކުގެ ދުވަސްވަރަށް ނިސްބަތްކުރާ ފިކުރީ، ސިޔާސީ، އަދި އަސްކަރީ ވާދަވެރި ރޭހެކ...
Click here to claim your Sponsored Listing.
Category
Contact the business
Website
Address
Male
23000