Ahmed Rasheed

Ahmed Rasheed

Share

PPM PNC Nilandhoo Dhaairage Raees

10/02/2026

ވޯޓްލެވޭތަން ޗެކްކޮއް، އަދި ބޭނުންވާތަނަކަށް ބަދަލުކޮށްލައްވާ!
VR space ID number1414

01/02/2026

ރުފިޔާ ޗާޕުކުރަން އޮންނަ އުސޫލާ ހިލާފަށް، 2.4 ބިލިއަން ރުފިޔާ ޗާޕުކޮށް ޕެންޝަން އޮފީސް މެދުވެރިކޮށް އެ ފައިސާ މާލިއްޔާއަށް ވައްދަން މުއިއްޒު ކުރާ މަސައްކަތާ ގުޅިގެން ޕެންޝަން ބޯޑުގެ ޗެއަރޕާސަން ޑރ.އިނާޒް ވެސް އިސްތިއުފާ ދެއްވައިފި.

ފައިސާ ޗާޕުކުރާ ނަމަ އޮންނަ އުސޫލުން މަޖިލީހަށް ހުށަހަޅައިގެން ކުރެވޭނެ. ތިމަންނާ ފައިސާ ޗާޕު ނުކުރާނަމޭ ބުނެވިފައި އޮތީމާ ޗާޕުކުރާ ފައިސާތަކެއް މިއީ ޕެންޝަންގެ ބޮންޑޭ ކިޔާފަ ސަރުކާރަކަށް ނުވެއްދޭނެ.

25/01/2026

ޕީ.އ.ސ އަށް ވޯޓްދީ ޕާޓީގެ ޓިކެޓްގައި ވާދަ ކުރާ މީހުން ހޮވައިގެންނޭ ރަށުގެ ތަރައްޤީ އަންނަނީ، ސަރުކާރު ހިންގާ ޕާޓީގެ މީހުން ތިބީމަ އެކަންޔޯ އެ ތަރައްޤީ ގެނައުމުގައި އެހީތެރިވެދެނީ. މީ ހާދަހައި ބޮޑު އޮޅިވާލުމެކެވެ.
ސަބަބަކީ ސަރުކާރެއް އަދި ކައުންސިލެއް އިންތިޚާބް ކުރެވިގެންދަނީ 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ސަރުކާރު ދެބައިވެގެންދާ ހިސާބުގައި ބޭއްވިގެން މިދާ ކައުންސިލް އިންތިހާބް 5 އަހަރު ގުނަންފަށަނީ އެހިސާބުންނެވެ. ބުނަންމިއުޅެނީ އެ އަށްފަހު އަންނަ ރިޔާސީ އިންތިޚާބު ވިންކުރާނީ ކާކުކަން އަޅުގަނޑުމެން އިންސާނުންނަށް ބުނެދެން ނޭގުމެވެ.
އެއިރެއްގައި ހިގަމުންދާ ވެރިކަން ބަދަލުވެއްޖެ ހާލަތުގައި، މިހާރު އިންތިޚާބު ކުރާ ކައުންސިލަރުން، ވެގެންދާނީ އެ ސަރުކާރާއި މުޅިން ދެކޮޅު ބަޔަކަށެވެ. އެގޮތަން އެކަންވާނަމަ 2 އަހަރާ ބައި އަނިއްކާވެސް އެ ރަށެއް ފަހަތައްދާންވީ ތޯއެވެ.
މިފަދަ ސަބަބުތަކައްޓަކައި މިނިވަން އެއްވެސް ޕާޓީއަކަށް ނުހިމެނޭ، ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރެވޭ ކެންޑިޑޭޓުން ހޮވުން ބުއްދިވެރިވެފަ ފައިދާބޮޑެވެ.
People's National Congress

16/01/2026

ސަރުކާރުގެ ކެންޑިިޑޭޓުންނާއި އެމީހުންނަށް ތާއީދު ކުރާމީހުން ބުނީމާ މަމެން ދެންވީ ޤަބޫލުކުރާށެވެ.

ކުޑަކުދިންގެޕާކަށް އިތުރުކުރިތަންކޮޅު އެ އޮތްގޮތަށް އޮންނަތާ 5 އަހަރު މިއޮއްގެން ވަނީއެވެ. އެކަމަކު ރައީސަކީ ކަމަކަށް ކަމެއް ކުރާނެމީހެއް ނޫންތާއެވެ.
ރަށުގެ ކުނިގޮނޑު ނިމިފައި އޮންނަތާ ވެސް ގައިމު އަހަރެއް ވީއެވެ.
ބޭނުންނުކޮށް އޮވެ އެތަން ވެސް ދަބަރަށް ވީއެވެ. އެކަމަކު ރައީސަކީ ކަމަކަށް ކަމެއް ކުރާނެ މީހެއް ނޫންވީމާތާއެވެ.

ރަށުގެ ނަރުދަމާ އާއި ފެނުގެ މަސައްކަތް ނިންމަން އެކިއެކި މިނިސްޓްރީ ތަކާއެކު ބޭއްވި ބައްދަލުވުންތައް ކެބިނެޓް ބައްދަލުވުންތަކަށްވުރެ ގިނަވާނެހެން ހީވެއެވެ. އަދި އެކަންކަން ފަށަން ދިން ތާރީޚުތައް އެ ހުރީ ފުލުފުލުން ފެންނާށެވެ. ރައީސަކީ ހަމަ ކަމަކަށް ކަމެއް ކުރާ މީހެއް ނޫންވީމާ އަދި ނުނިމެނީތާއެވެ.

ސަލާމު މިސްކިތާއި ތަހާލިފު މިސްކިތު އިންފާރު ވައްޓާލުމަށްފަހު، ސިމެންތި ޖަހައި ކުލަކޮޅުލާން ވެސް އަހަރެންހާ ދުވަސް އެބަ ނަގައެވެ. ރައީސަކީ ކަމަކަށް ކަމެއް ކުރާނެ މީހެއް ނޫންނޯލައެވެ. ބޮޑެތި ކަންކަމަށް ގިނަ ވަގުތު ނަގާނެޔޯލައެވެ.

ދެއިރު ދެދަޅައަށް ގެވަޅު އެބަ ދޫކުރަމޭ ކިޔަން ފެށީމާ، މީހުންގަނޑު ލޮލަށް ބޮލަށް އަރައިގެން ރަށުން ދޫކުރި ގެވަޅުތައް ހުރީ 2 ފެންވަޅު ބެހެއްޓުމާ ގޯތިފުރޭހާ ހިމަ އިލޮއްޓެންހެން ދީފަ އެވެ. އަނެއްކާ އެތަންކޮޅުގެ ދާއިމީ ރަޖިސްޓްރީ ދޭން ވެސް އަހަރު ދެ އަހަރު އެބަ ނަގައެވެ. މި ދައުރު ނިމޭއިރު ދެވޭނެހެނެއް ހިޔެއްނުވެއެވެ. ރައީސަކީ ކަމަކަށް ކަމެއް ކުރާނެމީހަކަށް ނުވީމާ ދާއިމީ ރަޖިސްޓްރީ ހޯދަން ދެވަނަ ދައުރެއް ދޭންވީއެވެ.

ރަށުގެ ހިތް ފަސޭހަ ރުށްކޮށި ވެސް ހަލާކު ކޮށްލީ ކައުންސިލް އިމާރަތް އަޅާނެ ހަމަ އެނޫން އެއްވެސް ތަނެއްނެތީމަ ކަމަކަށް ކަމެއް ނުކުރާން ވެގެނެވެ.

ބިނާވަށި ޕްލޭން އޭ ކިޔައި ރަށުގެ މަގުތަށް އެގޮތް މިގޮތަށް ކަނޑައި ހުސްކޮށްގެން އެއްމަގުން އެއްގެއެއްގެ ސިޓިންގރޫމަށް ނިކުމެވެންޏާ އަނެއްމަގުން ނުކުމެވެނީ ކޮޓަރި އަކަށެވެ. އެކަމަކު ރައީސަކީ ކަމަކަށް ކަމެއް ކުރާނެމީހެއް ނޫނެވެ.

ރުއްގަސް ޖެހުންވެސް ހުރީކީ ކަމަކަށް ކަމެއް ކުރާ ގޮތަކަށް ނޫނެވެ. ޖެހުނު ކޮންމެ ތަނެއްގައި ހުރީ ރުކެއް ޖަހައިފައެވެ. ތަންކޮޅެއް ދުރަށް ވިސްނާތީ ތަނެއް ދޮރެއް ނުބެލެނީކަން ނޭނގެއެވެ

ރައީސަކީ ކަމަކަށް ކަމެއް ކުރާނެ މީހެއް ނޫނެވެ. އެކަމަކު ބުނަން ހެއްޔެވެ. މިދައުރުގައިފެށި ކަމެއް ނިމިފައެއް ނެތެވެ. ނިމޭނެ ތަނެއް ވެސް ފެންނާކަށް ނެތެވެ. އަންނި ބުނާހެން އެ ފިލްމު ނުއެއް ނިމުނެވެ. އެއިން އެއްވެސް ވާހަކައެއްގައި ކުންނެއް ނެތެވެ.

ހިތުގަ އުފެދޭ ސުވާލަކީ ސަރުކާރު ތެރޭން ނިލަންދޫއަށް ހުރިހާ ކަމެއް ކުރުމަށް ބާރުއޮތްއިރު ނިމިފަ އޮތްތަނެއް ބޭނުން ކުރަން ފެށުން ފަދަ ކުޑަ ކުޑަ ކަންތައް ކޮއްލުމަށްވެސް އެތައް އަހަރެއް ނަގާއިރު ހަމަ ކަމަކަށް ކަމެއް ނުކުރާން ވެގެންނޭ ބުނާ ބުނުމަށް އިތުރު ދައުރެއް ދޭންވީ ތޯއެވެ؟

31/12/2025

ފާއިތުވެދިޔަ އަހަރަށް އަލްވަދާއު ކިޔައި، އައު އަހަރަކާ ބައްދަލުކުރާއިރު، އަޅުގަނޑުމެންގެ ދުޢާއަކީ ކުރިއަށް އޮތް 2026 ވަނަ އަހަރަކީ މާތް ﷲގެ ރަޙްމަތާއި، ބަރަކާތާއި، ބާއްޖަވެރިކަމުން ފުރިގެންވާ އަހަރެއް ކަމުގައި ލެއްވުމެވެ. އަދި މި އަހަރަކީ އެންމެހައި ފަރާތްތަކަށް ކާމިޔާބީއާއި ކުރިއެރުމުގެ އައު އުސްމިންތަކަކަށް ވާސިލުވުމުގެ ހެޔޮ ތައުފީޤު ދެއްވާނެ އަހަރެއް ކަމުގައި މިންވަރުކުރައްވާށިއެވެ. އާމީން!

Photos from Dr. Mohamed Jameel Ahmed's post 30/11/2025
Photos from Ahmed Rasheed's post 28/11/2025

ޖަލީދޮންބެ އަކީ މީހުންޖެހިލުންވާފަދަ ވަރުގަދަ ސަހުސިއްޔަތެކެވެ. ސިޔާސީ ގޮތުން ނިލަންދޫގެ ތާރީޚްގައި ސިޔާސީ މަގާމްތަކުގައި ވާދަކުރާމީހުން އަބަދުވެސް ޖަލީދޮންބެ ރުހުމާއި ތާއީދު ހޯދަނީ މަދެއްކޮށެއް ނޫނެވެ.
ނަމަވެސް މިސަރުކާރުގެ ފޮރިންމިނަސްޓަރު ފަދަ ބޭފުޅަކު ސިޔާސީގޮތުން ޖަލީދޮންބެ ލައްކަދުވަހު ބޭނުން ކުރުމަށް ފަހު، ޖަލީދޮންބެގެ ރަގަނޅު ވާހަކަ މީޑިޔާގައި ތިލަކޮށް، އެ ޑިލީޓް ކުރުންއެއީ ވަރަށް ނާތަހުޒީބީ ކަމެއްގޮތުގައި އަޅުގަނޑު ދެކެމެވެ.
Miee UUM ge postakah Dr: Abdhulla Khaleel kuravvaafivaa komentekeve. namaves mihaaru vanee mi post nagaafaeve.

Mohamed Jaleel

Want your public figure to be the top-listed Public Figure in Male?
Click here to claim your Sponsored Listing.

Category

Website

Address

H. Lily Night Aage
Male
20062