Endheri
ENDhERI aims to assist the transition towards national adoption of Green Growth atoll development.
12/07/2025
06/05/2025
ލ. އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ތައްޔާރުކޮށްފައިވާ މެނޭޖްމަންޓް ޕްލޭންތަކުގެ ދެލި ކަރުދާހަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. ޚިޔާލު ފޮނުއްވާނީ ތިރީގައިވާ ލިންކްތަކުގައިވާ ފޯމު ބޭނުންކޮށްގެން އީމެއިލް ގެ ޒަރިއްޔާއިންނެވެ. ޚިޔާލު ހުށަހެޅުމުގެ ސުންގަޑިއަކި 20 މެއި 2025 އެވެ.
ލ. ބޮޑަ ފެންގަނޑު ސަރަހައްދުގެ މެނޭޖްމަންޓް ޕްލޭން
https://www.environment.gov.mv/v2/en/download/32181
ލ. މާބައިދޫ ކޯރު އަދި ފުށި ކަނޑު ސަރަހައްދުގެ މެނޭޖްމަންޓް ޕްލޭން
https://www.environment.gov.mv/v2/en/download/32185
ލ. ހިތަދޫ ކުޅިއާ ވަށައިގެންވާ މޫދު ސަރަހައްދުުުގެ މެނޭޖްމަންޓް ޕްލޭން
https://www.environment.gov.mv/v2/en/download/32183
ލ. ގާދޫ - ހިތަދޫ ކަނޑު ސަރަހައްދުގެ މެނޭޖްމަންޓް ޕްލޭން
https://www.environment.gov.mv/v2/en/download/32178
ލ. ބޮޑު ފިނޮޅު އަދި ވަޑިނޮޅު ކަނޑުއޮޅި ސަރަހައްދުގެ މެނޭޖްމަންޓް ޕްލޭން
https://www.environment.gov.mv/v2/en/download/32175
22/04/2025
އެންދެރި މަޝްރޫޢާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ތަޢާރަފް ކޮށްފައިވާ ބޭސިކް ރޭންޖަރސް ޓްރެއިނިންގް ކޯހުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ މުއްދަތު މި ހިނގާ އެޕްރީލް މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ .
ފުރަތަމަ ބުރު ލާމު އަތޮޅުގައި ހިންގާ މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ލާމު އަތޮޅުގެ ކޮންމެ ރަށަކުން އެއް ބައިވެރިއެއް ހޮވުމަށް، އަދި އަންހެން ބައިވެރިން ހޮވުމަށް އިސްކަންދޭނެއެވެ. ނިޔަމި 2 ގެ ސެޓްފިކެޓް ވެސް ހިމެނޭ މި ކޯހުގެ 20 ޖާގައަށް ހޮވޭ ކޮންމެ ފަރާތަކަށްވެސް އެލަވަންސްގެ ގޮތުގައި 4500 ރުފިޔާ ދެވޭނެއެވެ.
މި ކޯހާއި ގުޅޭ އިތުރު މަޢުލޫމާތު:
https://www.gazette.gov.mv/iulaan/337134
އެޕްލިކޭޝަން ފޯމު:
https://environmentmv-my.sharepoint.com/:b:/g/personal/ali_nizar_environment_gov_mv/EewO4h0bKRFPiM6v501ysJsBd9tvuJsjwyNmopr9H7rk4g?e=VYSsVm
ލާމު އަތޮޅުގެ ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް އެންދެރި މަޝްރޫޢުގެ ދަށުން ތައްޔާރުކުރަމުންދާ މެނޭޖްމަންޓް ޕްލޭންތަކުގެ މާބައިދޫ އަދި ހިތަދޫގެ ޕްލޭންތައް އެ ރަށްތަކުގެ ކައުންސިލާއި އެހެނިހެން މަސްލަހަތުވެރިންނާ ހިއްސާކޮށް ރުހުން ހޯދުމަށް އިއްޔެ އަދި މިއަދު އެ ދެރަށުގައި ބޭއްވުނު ބައްދަލުވުންތަކުގެ ތެރެއިން:
15/02/2025
އެންދެރި މަޝްރޫޢާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ތަޢާރަފް ކޮށްފައިވާ ބޭސިކް ރޭންޖަރސް ޓްރެއިނިންގް ކޯހުގެ ފުރަތަމަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ފުރަތަމަ ބުރު ލާމު އަތޮޅުގައި ހިންގާ މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ލާމު އަތޮޅުގެ ކޮންމެ ރަށަކުން އެއް ބައިވެރިއެއް ހޮވުމަށް، އަދި އަންހެން ބައިވެރިން ހޮވުމަށް އިސްކަންދޭނެއެވެ. ނިޔަމި 2 ގެ ސެޓްފިކެޓް ވެސް ހިމެނޭ މި ކޯހުގެ 20 ޖާގައަށް ހޮވޭ ކޮންމެ ފަރާތަކަށްވެސް އެލަވަންސްގެ ގޮތުގައި 4500 ރުފިޔާ ދެވޭނެއެވެ.
މި ކޯހާއި ގުޅޭ އިތުރު މަޢުލޫމާތު:
https://www.gazette.gov.mv/iulaan/328277
އެޕްލިކޭޝަން ފޯމު:https://storage.googleapis.com/gazette.gov.mv/docs/iulaan/215187.pdf
11/02/2025
އެމްއެންޔޫ އިން އަލަށް ތަޢާރަފް ކޮށްފައިވާ ބެޗެލަރ އޮފް ސައެންސް އިން ކްލައިމެޓް ޗޭންޖް ޑިިގްރީ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ މުއްދަތު މިހާރު ވަނީ މި ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހަާ ހަމައަށް އިތުރުކޮށްފައެވެ.
ލ. ގަމު ކެޕްމަސްގައި ބްލޮކް މޯޑަށް ހިންގާ މި ކޯހުގައި ބައިވެރިވުމަށް އެންދެރި މަޝްރޫޢުން 15 ސްކޮލަޝިޕް ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
އިތުރު މަޢުލޫމާތު: https://courses.mnu.edu.mv/course/287
އެޕްލިކޭޝަން ހުށަހެޅުމަށް: portal.mnu.edu.mv
09/02/2025
ENDhERI project is offering 15 scholarships for the newly launched Bachelor of Science in Climate Change degree by the Maldives National University.
More information: https://courses.mnu.edu.mv/course/287
Apply now: portal.mnu.edu.mv
Offered in Blended mode.
Click here to claim your Sponsored Listing.
Category
Contact the organization
Address
Male
20392
Opening Hours
| Monday | 08:00 - 14:00 |
| Tuesday | 08:00 - 14:00 |
| Wednesday | 08:00 - 14:00 |
| Thursday | 08:00 - 14:00 |
| Sunday | 08:00 - 14:00 |